ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް ހިފަހައްޓައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޓާސްކު ފޯސް އަށް ލިބުނު މައުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން، މިއަދު ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި ރެއިޑުގައި ގަވާއިދާ ހިލާފަށް، ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ފަސް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.
އަދި އެ މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އަދި ޑެބިޓް/ކްރެޑިޓް ކާޑު ވަނީ ފެނިފައިވާ ކަމަށް ވެސް ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ މައްސަލައާ ގުޅިގެން މިހާރު އިތުރަށް ތަހުގީގު ކުރެވެމުން އަންނަ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ