ސޯޝަލް މީޑިއާގައި ސައިކަލެއް ޓްރަކަކުން ވައްޓާލާ ވީީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފިއެވެ.
އެ ވީޑިއޯއާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެއީ އިއްޔެ ގަވައިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތަކެއް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ކަމަށެވެ. މި ވެހިކަލްތަކަކީ ހުޅުމާލެއިން ނައްތާލުމަށް ގެނެވިފައިވާ އުޅަނދުތަކެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ވީޑީއޯއިން ފެންނަނީ މާލޭ މެރީބްރައުން ކައިރީގައި ހުންނަ ފުލުހުންގެ ޓޯޔާޑަށް ގެންދިޔަ ސައިކަލުތަކެއް ޓްރަކަކުން ވައްޓާލާ މަންޒަރެވެ.
ނައްތާލި އުޅަނދުތަކުގެ:
- ދެ ފުރޮޅުލީ 247 އުޅަނދު
- ހަތަރު ފުރޮޅުލީ 29 އުޅަނދު
- 223 ބައިސިކަލް
- އެއް އެމްބިއުލާންސް
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ