ހއ. މާރަންދޫ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް ޝާހިދު އެރަށަށް ވަޑައިގެންފިއެވެ.
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ މިއަދު މާރަންދޫގައި ބޭއްވި ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން ޝިހާމްއާ އެކު މާރަންދޫގެ ގޭގެއަށް ޒިޔާރަތްކުރައްވައި، ރަށުގެ ހާލަތާއި ބެހޭ ގޮތުން ރައްޔިތުންނާ އެކު މަޝްވަރާކުރެއްވިއެވެ.
މިއަދުގެ ޑޯޓުޑޯ ހަރަކާތުގައި، ރަށުގެ ގިނަ ރައްޔިތުން ވަނީ މިއަދުގެ ސަރުކާރު ވެރިކަމަށް އައި ފަހުން އެމްޑީޕީ ސަރުކާރުން ފަށާފައިވާ ތަރައްގީގެ ހުރިހާ މަސައްކަތްތަކެއް ހުއްޓިފައިވާކަން ފާހަގަކޮށް، އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސަރުކާރުން މި ރަށަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ކޮށްދެވިފައިވާ ނުވާއިރު، މާރަންދޫގެ ތަރައްގީއަށް ކުރެވުނު ހުރިހާ ކަމެއް ވެސް ކުރެވުނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށްވެސް ރައްޔިތުން ބުންޏެވެ.
ޝާހިދު މިއަދު ވަނީ މާރަންދޫގެ އެމްޑީޕީ ކެމްޕޭން ޓީމާއި ބައްދަލުކުރައްވައި، ޝިހާމް އިންތިޚާބުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، ހިތްވަރު ދެއްވާފައެވެ. ކެމްޕޭން ޓީމުން ވަނީ ކެމްޕޭން މަސައްކަތް ގޮސްފައިވާ ހިސާބާއި ބެހޭ ގޮތުން ޝާހިދަށް އެންމެ ފަހުގެ މައުލޫމާތު އަރުވާފައެވެ.
މިއަދު މާރަންދޫގައި ބޭއްވި އެމްޑީޕީ ކެންޑިޑޭޓް ޝިހާމްގެ ކެމްޕޭން ހަރަކާތްތަކުގައި އެމްޑީޕީގެ ރައީސް ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަން އަހުމަދު ޢަބްދުﷲ އާއި، އިހަވަންދޫ ދާއިރާގެ ދާއިރާ ރައީސް މުހައްމަދު ޝިފާއު އާއި ކުޑަހުވަދޫ ދާއިރާގެ ދާއިރާ ރައީސް ޝާތިރު އަބްދުއްރަހުމާނާއި އަންހެނުންގެ ރޫޙުގެ ނައިބު ރައީސާ އީމާ ޝަފީގް ބައިވެރިވެވަޑައިގަތެވެ.
މާރަންދޫ ކައުންސިލްގެ ބައި އިލެކްޝަން އޮންނާނީ ސެޕްޓެމްބަރ 14 ވާ ހޮނިހިރު ދުވަހުއެވެ. މާރަންދޫ ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު، ޖުލައި 13 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ. ރަމީޒަކީ މާރަންދޫގައި އެމްޑީޕީގެ ހަރަކާތްތައް ފެށުނީއްސުރެ އެ ރަށުގައި ޕާޓީގެ ހަރަކާތްތައް ހިންގުމުގައި އެންމެ އިސް ރޯލެއް އަދާކުރައްވަމުން ގެންދެވި އެއް މެމްބަރެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ