މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސިން ކާރެއްގައި ޖެހިގެން އުމުރުން 23 އަހަރުގެ ހަސަން ސަމާހް ނިޔާވި އެކްސިޑެންޓާ ގުޅާ މައުލޫމާތެއް ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
އެމްވީ ކްރައިސިސް ނަމަކަށް ކިޔާ ޓެލެގްރާމް ގްރޫޕަކުން ވަނީ ސަމާހް ދުއްވި ސައިކަލު ވަންވޭއާ އިދިކޮޅަށް ދިޔަކަން ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ކަމަށް ބުނެފައެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ އެ އެކްސިޑެންޓުގައި ނިޔާވި ސަމާހު ކުށްވެރިކޮށް ވާހަކަދައްކަމުންނެވެ.
"ހަތާވީސް" އިން އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް އެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ހިއްސާ ކޮށްފައި ނުވާނެ ކަމަށްވެސް ބުންޏެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ސްޕޯޓްސް ކާރެއް، ސައިކަލެއްގައި ޖެހި ވިއްސައިގެން ގޮސް، ބޮލަށް ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް ސަމާހް ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ.
ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމު ސިދުގީ، 26، ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހުކުރު ދުވަހު ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި