މޯލްޑިވްސް އިމިގްރޭޝަންގެ ޔުނީފޯމާ ވައްތަރު ޔުނީފޯމް އަޅައިގެން ތިބި ބަޔަކު ސްކޭމް ކޯލުތަކެއް ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަން ކުރަނީ ރާއްޖެ އިން ބޭރު ގައުމެއްގެ ނަންބަރަކުންނެވެ. އިމިގްރޭޝަނުން ބުނީ އެ ނަންބަރުން ކުރަނީ ވީޑިއޯ ކޯލެއް ކަމަށާއި އެ ވީޑިއޯ ކޯލުން ފެންނަ މީހުން ތިބެނީ އެ އިދާރާގެ ޔުނީފޯމާ ވައްތަރު ޔުނީފޯމެއް އަޅައިގެން ކަމަށެވެ.
"އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މައުލޫމާތާއި، ބޭންކު ކާޑުގެ މައުލޫމާތު ހޯދަމުންދާކަން މި އިދާރާއަށް ވަނީ ފާހަގަކުރެވިފައި. ވީމާ، މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަގީންކަން ދެން،" އިމިގްރޭޝަންގެ ޕޯސްޓުގައިވެއެވެ.
އިމިގްރޭޝަނުން ވަނޫ މިފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
މިދިޔަ އަހަރުގެ މިހާތަނަށްވުރެ މިއަހަރުގެ މިހާތަނަށް ސްކޭމް ކޮށްގެން ހުށަހެޅޭ މައްސަލަތައް 200 ޕަސެންޓު ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުތެރޭ ޖުމްލަ 1658 ސްކޭމްގެ މައްސަލަތައް ރިޕޯޓްކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ 28.4 މިލިއަނެއްހާ ރުފިޔާއެވެ.
އެހެންނަމަވެސް މިއަހަރުގެ މެއި މަހާ ހަމައަށް އައިއިރު 877 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. އެ މައްސަލަތަކުން ޖުމްލަ 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމަރުން ވަނީ ފޭރިގަނެފައެވެ. މި ރޭޓުން ދާ ކަމަށްވާ ނަމަ ފުލުހުން އަންދާޒާ ކުރަނީ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ދާއިރު 49 މިލިއަން ރުފިޔާ ހަމައެކަނި ސްކޭމް ކޮށްގެން ފޭރިގަންނާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ