މާލޭގެ ކެފޭއެއްގެ ބަދިގޭގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ހ. ދޫހިމެރި ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މެންދުރު 14:40 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަލިފާން ރޯވެގެން އުޅެނީ ސޯސަން މަގު ކަންމަތީގައި ހުރި ކެފޭއެއްގައި ކަމަށެވެ. މިވަގުތު އެ ސަރަހައްދުގައި ހުރި "ހަތާވީސް"ގެ ނޫސްވެރިޔާ ބުނީ އަލިފާންގަނޑު ކޮންޓްރޯލް ނުވާ ކަމަށާއި އެތާ ކައިރީގައި ހުރި އެކޮމަޑޭޝަން ބްލޮކެއްގައި ވެސް އަލިފާން ހިފާފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ވަނީ އަލިފާން ރޯވިތާ ގަޑިއެއްހާއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ