މި ވަގުތަކީ ޑިޖިޓަލައިޒޭޝަން ދުނިޔެ އަށް އަންނަ ބަދަލުތައް ބަލައިގަނެ، އެކަމުން ކުރިޔަށް ދާންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ސަމިޓް އޮފް ދަ ފިއުޗާ ސައިޑް އިވެންޓް: އަ ވިޝަން ފޯ އެން އިންޓެލިޖެންސް ޑްރިވަން ފިއުޗާ ފޯ މޯލްޑިވްސް" ގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑިޖިޓަލައިޒޭޝަނަކީ ގައުމީ ތަރައްގީގެ އެއް ތަނބު ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ހައްސާސް ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމުގައި ރާއްޖެއިން ދައްކާފައިވާ މިސާލަށް ބައްލަވާލައްވާފައެވެ. އެއީ އީޖާދީ ވިސްނުންތަކަށް ރާއްޖެ އަހުލުވެރިވެފައިވާ މިންވަރުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް މެނޭޖްކުރުމުން ފެށިގެން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގައި ޑިޖިޓަލައިޒޭޝަންގެ ދައުރު ފުޅާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލައިޒޭޝަންގެ ދައުރަކީ ހަމައެކަނި އިގްތިސޯދީ ފައިދާ ހޯދުން ނޫން ކަމަށާއި އޭގެތެރޭގައި ރައްޔިތުންގެ އާންމު ދިރިއުޅުން ފަސޭހަވެގެން ދިޔުންވެސް ހިމެނޭ ކަމަށެވެ. އަދި، ރައްޔިތުން އެފަދަ މާހައުލަކަށް ބާރުވެރިކުރުވާ، އޭގެ ސަބަބުން، ކުރިމަގުގައި ޑިޖިޓަލް ސެކްޓަރުގައި ހަރަކާތްތެރިވާ ކްރިއޭޓަރުންނާއި އިނޮވޭޓަރުން އުފެއްދޭނެ މާހައުލެއް ގާއިމްވެގެން ދިޔުމަކީވެސް ޑިޖިޓަލައިޒޭޝަންގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޑިޖިޓަލައިޒޭޝަންގެ ފައިދާތަކުގެ އިތުރަށް އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެެވެ. އަދި އެ ގޮންޖެހުންތަކަށް އެކަށީގެންވާ ޙައްލު ހޯދުމަށް ބައިނަލްއަޤްވާމީ ގުޅުންތައް މުހިންމުކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ