މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސިން ކާރެއްގައި ޖެހިގެން އުމުރުން 23 އަހަރުގެ ހަސަން ސަމާހް ނިޔާވި އެކްސިޑެންޓާ ގުޅާ ގޮތުން ސައްހަ ނޫން މައުލޫމާތު ސޯޝަލް މީޑިއާގައި ނުފެތުރުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން މިރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ސަމާހް ނިޔާވެފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާއި، މިހާތަނަށް ލިބިފައިވާ މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވާނެ ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އަސާސެއް ނެތް ތަފާތު ތުހުމަތުތައް ކުރުމަކީ މަރުހޫމްގެ އާއިލާއަށް އިތުރު ހިތްދަތިކަން ލިބި، ފުލުހުން ހިންގަމުންގެންދާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އެހެންކަމުން، ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ސޯޝަލް މީޑިއާގަ އާއި އެހެނިހެން ވަސީލަތްތަކުގައި ނުފެތުރުމަށް މި ހިދުމަތުން އިލްތިމާސްކުރަމެވެ" ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ހިންގާ ބައެއް ޓެލެގްރާމް ގްރޫޕްތަކާއި ބައެއް ފޭސްބުކް ޕޭޖުތަކުގައި ވަނީ ސަމާހް ދުއްވި ސައިކަލު ވަންވޭއާ އިދިކޮޅަށް ދިޔަކަން ފުލުހުންގެ ތަހުގީގުން ހާމަވެފައިވާ ކަމަށް ބުނެފައެވެ. އަދި ބައެއް އަމިއްލަ ފަރާތްތަކުން އެކްސްގައި ސަމާހް ސައިކަލު ދުއްވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެފައިވެއެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ އެ އެކްސިޑެންޓުގައި ނިޔާވި ސަމާހު ކުށްވެރިކޮށް ވާހަކަދައްކަމުންނެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ސްޕޯޓްސް ކާރެއް، ސައިކަލެއްގައި ޖެހި ވިއްސައިގެން ގޮސް، ބޮލަށް ލިބުނު ޒަހަމްތަކަށް ފަރުވާދެމުންދަނިކޮށް ސަމާހް ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ.
ފުލުހުން ބުނީ އެކްސިޑެންޓާ ގުޅިގެން ސ. ހިތަދޫ، ވައިލެޓްފެހި، މުހައްމަދު ވިސާމު ސިދުގީ، 26، ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ހުކުރު ދުވަހު ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި