ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ހުޅުވާލިއިރު އިންތިހާބަކާއި ނުލައި ދާއިރާތަކުގެ ރައީސްކަމުގެ މަގާމުން އެޕާޓީގެ މަޖިލިސް މެންބަރުންނަށް ދިނުމަށް ނިންމައިފިއެވެ.
ޕީއެންސީން މިއަދު ވަނީ އެޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭ މައުލޫމާތުތައް ނޫސްވެރިންނަށް ހިއްސާ ކުރުމަށް އެޕާޓީގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވީ މި އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 2،095 މެންބަރުން އިންތިހާބު ކުރާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ އިންތިހާބީ ކޮމެޓީ މެންބަރު އަދި ހެލްތު މިނިސްޓަރު ހަލީލް ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިހާބު ވެގެން ދާނީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ބާއްވާނެ އެންމެ ބޮޑު އިންތިހާބަށް ކަމަށެވެ.
މި އިންތިހާބުގައި ދާއިރާގެ ރައީސުންނާއި ނާއިބު ރައީސުން އިންތިހާބު ކުރެވިގެން ދާނެ ކަމަށާއި އަދި ޒުވާނުންގެ ހަރަކާތުގެ ރައީސުންނާއި އަންހެނުން ހަރަކާތުގެ ރައީސުން ވެސް އިންތިހާބު ކުރެވިގެން ދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 30 ސެޕްޓެމްބަރުގެ ނިޔަލަށް ޕީއެންސީގެ މެންބަރަކަށް ވެފައިވާ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އެ ދުވަހާ ހަމައަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ ކޮންމެ މެންބަރަކަށް ވެސް ވޯޓުލުމުގެ ހައްގު ލިބިގެން ދާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.
ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ފަރާތްތަކުން މިހާރު ޕީއެންސީގެ ދަފްތަރުގައި ނުހިމެނޭ މުޅިން އައު 50 މެންބަރުންގެ ފޯމު ހުށަހަޅަން ޖެހޭނެއެވެ. ނާއިބު ރައީސުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން 25 ފޯމު ހުށަހަޅަން ޖެހެއެވެ.
"ރައްޔިތުން މަޖިލީހުގެ ކޮންމެ ދާއިރާއަކަށް ނިސްބަތްވެވަޑައިގަންނަވާނެ ދާއިރާގެ ރައީސެއް ދާއިރާގެ ނާއިބު ރައީސެއް. އަޅުގަނޑު ފާހަގަކޮށްލަން މިހާރު ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވި ދާއިރާތަކުގައި ދާއިރާގެ ރައީސުންގެ ގޮތުގައި ތިއްބަވާނީ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މިހާރުވެސް އެ ތިއްބެވި ގޮތަށް ތިއްބަވާނީ. މެންބަރުން ނެތް ދާއިރާތަކުގައި އިންތިހާބު އޮންނާނީ ދާއިރާގެ ރައީސުންގެ. އެހެންނަމަވެސް ހުރިހާ ދާއިރާއެއްގައިވެސް ނާއިބު ރައީސުންގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމުގެ ކަންކަން ކުރިޔަށް ދާނެ،" ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ އެ އިންތިހާބުގައި ސްޓިއަރިން ކޮމެޓީތައް އިންތިހާބު ކުރާއިރު 3،000 ހަމަނުވާ އާބާދީތަކުގެ ރަށްތަކުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އޮންނާނެ ކަމަށެވެ. 3،000 އަށްވުރެ މަތި ނަމަ 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް އޮންނާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ