ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނުނަގައި، އެ ވިޔަފާރި ކުރަމުންދިޔަ ދެ ފިހާރައެއްގެ ވިޔަފާރި ކުރުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.
ފުލުހުން ބުނީ އެ ދެ ފިހާރަ ބަންދުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.
މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި "ޓްރާންސްފަރ މޯލްޑިވްސް"ގެ ނަމުގައި، ހުއްދަ ހޯދުމަކައި ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަންދުކޮށް، ވިޔަފާރި ހުއްޓުވައި، އެތަނުގައި ނޯޓިސް ހަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރުން ހުއްޓުވުމަށް ހިންގި ދެ ވަނަ އޮޕަރޭޝަންގައި ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަރ ފިހާރަ ބަންދުކޮށްފައިވާ ކަމަށެވެ. އެތަނަކީ އެމްއެމްއޭ އިން ނަގަންޖެހޭ ހުއްދަ ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނަކަށްވާތީ، ސުވެނިޔާ ވިޔަފާރި ކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ބާތިލުކޮށްފައިވެއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ދޭ ބައެއް ތަންތަން ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާއެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް