ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު އަނބުރާ ރަށަށް ފޮނުވާލައިފިއެވެ.
މިދިޔަ އަންގާރަ ދުވަހު މަރުވެފައި އޮއްވާ ފެނުނީ އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ ނަމަކަށް ކިޔާ ދިވެހި އަންހެނެއްގެ ހަށިގަނޑެވެ. އޭނާގެ މަރުގެ ތަހުގީގަށް މާލެ އިން ހާއްސަ ތަހުގީގު ޓީމެއް ހަމަ އެދުވަހު ވަނީ ހޮޅުދޫ އަށް ގޮސްފައެވެ.
ފުލުހުން އިއްޔެ ބުނީ ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ އިތުރު ތަހުލީލުތައް ހެދުމަށް ކަމަށްވެސް ބުންޏެވެ. އެ މަރާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެކަމުގެ އިތުރު މައުލޫމާތު ދެމުން ފުލުހުން ބުނީ އިތުރު ތަހުލީލުތައް ކުރުމަށްފަހު ޒަކިއްޔާގެ ހަށިގަނޑު މިއަދު ހޮޅުދޫ އަށް ފޮނުވާފައިވާ ކަމަށެވެ.
ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު އޭނާގެ ކަރުގައި ބޮޑެތި ޒަހަމްތަކެއް ހުރި ކަމަށްވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ