ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރު ކުރަމުން އަންނަ މައްސަލާގައި ތައްޔިބު ޝަހީމްގެ ފޯނު ހިފަހައްޓައިފިއެވެ.
ފުލުހުން މިއަދު ބުނީ ސައްހަ ނޫން ބަޔާނެއް، ފުލުހުންގެ ނަމުގައި ދައުރު ކުރަމުން އަންނަ މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން ތައްޔިބުގެ ފޯނާއި އެނޫންވެސް ބައެއް އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާފައިވާ ކަމަށެވެ.
ފުލުހުންގެ ނަމުގައި ދައުރު ކުރަމުން އަންނަނީ ކޮން ކަހަލަ ލިޔުމެއް ކަމެއް ފުލުހުން ނުބުނެއެވެ.
ކުރީގެ ރައީސް ޔާމީން ހައްޔަރު ކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާއި ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތުން ކޮށްފައިވާ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރިޕޯޓެއް ދައުރުކުރިއެވެ.
އެހެންނަމަވެސް އެ ރިޕޯޓަކީ ވެސް ސައްހަ ރިޕޯޓެއް ނޫން ކަމަށް ފުލުހުން ބުނެފައިވެއެވެ. އެހެންކަމުން އެ ރިޕޯޓު އުފައްދައި ދައުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އަހުމަދު މުހައްމަދު
ފަސް ސިޓީގެ އަންހެނުން ކޮމެޓީގެ ރައީސާކަންވެސް އެމްޑީޕީއަށް
އުމްރާގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން މާދަމާ ސައުދީއަށް
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް