ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރެވޭ ކަރަންޓް އެކައުންޓް މުޢާމަލާތްތަކާއި އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް ކަމަށްވާ ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގުމުގެ ފުރުސަތު ލިބި, ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.
"ދެ ގައުމުގެ ފައިސާއިން މުޢާމަލާތްތައް ކުރުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ޗައިނާ އާއި ރާއްޖެއާ ދެމެދު އަހަރަކު 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރާއިރު, ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. އެހެންވެ, މި އެމްއޯޔޫގެ ސަބަބުން ވިޔަފާރީގެ ގުޅުން ވަރުގަދަވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ޗައިނާއާ އެކު ދިވެހި ރުފިޔާއިން މުއާމަލާތް ކުރެވޭނެ ނިޒާމެއް ހަމަޖައްސަން ނިންމިއިރު, ސަރުކާރުން އޮތީ އިންޑިއާއާ އެކު ވެސް ރުފިޔާއިން މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމްކުރަން މަސައްކަތް ފަށައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ