ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން 400،000އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ބުރުޒުމަގުގައި ހުންނަ "ހަބީބު ކެފޭ" ކައިރީގައި ހުރި ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ މިދިޔަ ބުދަ ދުވަހުގެ ހެނދުނު ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު، ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކުރި ބިދޭސީމީހާގެ ވަނަވަރާއި ފޮޓޯ ފުލުހުން މިރޭ ވަނީ އާންމުކޮށްފައެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ ބަންގްލަދޭޝްގެ ޖަހަންގިރު އަލަމް، 45،އެވެ.
އޭނާ ބަންދުގައި ބަހައްޓައިގެން، މައްސަލައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް އެދި ކްރިމިނަލް ކޯޓަށް އޭނާ ހާޒިރު ކުރުމުން، އޭނާގެ ބަންދަށް އެ ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.
މިއަހަރު އެންމެ ގިނައިން ފުލުހުންނަށް ހުށަހެޅީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން މިއަދުގެ ނިޔަލަށް 2،600 ވުރެ ގިނަ ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ