ރާއްޖެ އަށް އެވްރެޖު ގޮތެއްގައި 5،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެވްރެޖު ގޮތެއްގައި ރާއްޖެ އަށް 5،502 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަހަރުގެ މިހާތަނަށް އައިއިރު އެންމެ ގިނަ ފަތުރުވެރިން އެއް ދުވަހެއްގެ ތެރޭގައި އައިސްފައި ވަނީ ފެބްރުއަރީ މަސް ތެރޭގައެވެ. އެއީ 7،496 ފަތުރުވެރިންނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް އައިއިރު ރާއްޖެ އަށް 1.4 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މިހާތަނަށް އައިއިރު ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ 1.2 މިލިއަން ފަތުރުވެރިންނެވެ.
އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް މިއަހަރު ޒިޔާރަތް ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެއީ 217,392 ފަތުރުވެރިންނެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ތިން މާކެޓުގެ ތެރެއިން އެއްވަނާގައި އޮތީ ޗައިނާއެވެ. އެގައުމުން މިހާތަނަށް 204,832 ފަތުރުވެރިން އައިސްފައިވާއިރު ދެވަނާގައި އޮތް ރަޝިޔާ އިން 151,973 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ތިންވަނާގައި އޮތް އިނގިރޭސިވިލާތުން 120,609 ފަތުރުވެރިން އައިސްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ