އިންޑިއާގެ ބޮޑު 3 ކުންފުންޏަކު ބަޙްރައިންގައި 17 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާކަން ބަޙްރައިން ސަރުކާރުން އިއުލާންކޮށްފިއެވެ.
ބަޙްރައިންގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ބޯޑުގެ އިސްވެރިން އިންޑިއާގެ މުމްބާއީ، ބެންގަލޫރު އަދި ޗެންނާއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ބޯޑުގެ ވެރިޔާ ނޫރު ބިންތި އަލްޚުލައިފް ވިދާޅުވީ މިއީ ބަހްރައިންއަށް ބޭރުގެ އިންވެސްޓަރުން ގެނައުމުގެ މަސައްކަތުގެ ތެރެއިން މުހިއްމު ކާމިޔާބީއެއް ކަމަށެވެ. ނޫރު އަކީ ބަޙްރައިންގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް މިނިސްޓަރވެސްމެއެވެ.
ބަޙްރައިންގައި އިންވެސްޓް ކުރަން ނިންމީ އިންޑިއާގެ ކޮންޒިއުމަރ އުފެއްދުންތަކުގެ ދާއިރާގެ ކުންފުންޏަކާއި ޓެކްނޮލޮޖީ ކުންފުންޏެއްގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގެ ކުންފުންޏެކެވެ. މީގެ ތެރެއިން ކޮންޒިއުމަރ ގުޑްސް އުފައްދާ ކުންފުނި ކެމްކޯއިން މީގެ ކުރިންވެސް ބަހްރައިންގައި އިންވެސްޓްކޮށްފައިވެއެވެ. އަދި މިއީ އެކުންފުނި ބަޙްރައިންގައި ފުޅާކުރާ 3 ވަނަ ފަހަރެވެ.
އިންޑިއާގެ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ބަގޭރިއާ އިން ބަޙްރައިންގައި 11.4 މެގަވޮޓްގެ ސޯލަރ ޕްރޮޖެކްޓެއް މި އިންވެސްޓްމަންޓްގެ ދަށުން ހިންގާނެއެވެ. ބަޙްރައިން ސަރުކާރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންޑިއާގެ ކުންފުނިތަކުން އެވްރެޖްކޮށް އަހަރަކު ސަތޭކަ މިލިއަނެއްހާ ޑޮލަރު ބަހްރައިންގައި އިންވެސްޓްކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ