ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީގެ އިމާރާތުގެ ކުލީގެ މައްސަލާގައި 1.4 މިލިއަން ރުފިޔާ ހޯދަން އެ އިމާރާތުގެ ވެރިފަރާތުން އެމްބަސީއާ ދެކޮޅަށް ދައުވާކުރި ނަމަވެސް ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާތީ އެ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ޔޫއޭއީ އެމްބަސީއާ ދެކޮޅަށް ދައުވާކުރީ ގ. ނިއުޝާގެ ތިން ފަންގިފިލާއެއްގައި މެއި, 2020 އިން ފެށިގެން އޮކްޓޯބަރު, 2022 ގެ ނިޔަލަށް ޔޫއޭއީ އެމްބަސީގެ އޮފީސް ހިންގިއިރު, އެތަނުގެ ކުލި ދައްކާފައި ނުވާތީ އާއި ނޯޓިހެއް ދިނުމެއް ނެތި އެއްބަސްވުން އުވާލާފައިވާތީ 92,000 އަށް ވުރެ ގިނަ ޑޮލަރު (1.4 މިލިއަން ރުފިޔާ) ހޯދުމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައިވަނީ އެމްބަސީތަކާއި ހައި ކޮމިޝަންތަކަކީ ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮމެޓިކް ރިލޭޝަން މުއާހަދާގެ ދަށުން އިމްތިޔާޒު ލިބިގެންވާ ތަންތަން ކަމަށެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތްތަކުގެ މައްޗަށް ރާއްޖޭގެ ކޯޓެއްގައި ދައުވާ ނުކުރެވޭނެ ކަމަށް މަދަނީ އިޖްރައާތުގެ ގާނޫނުގައި ބުނެފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންކަމުން ހުކުމުގައިވަނީ ޔޫއޭއީ އެމްބަސީއަކީ ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައިވާ ތަނަކަށް ވާތީ އެ މައްސަލަ ނުބެލޭނެ ކަމަށެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ އިމާރާތަށް ކުލި ނުދެއްކި މައްސަލައެއް ވެސް ކުރިން ފެންމަތިވި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވެސް ނިންމާފައި އޮތީ ބޭރުގެ އެމްބަސީތަކާ ދެކޮޅަށް ރާއްޖޭގައި ދައުވާ ނުކުރެވޭނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ