ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ފެންވަރު މަގާމެއްގައި ހުންނެވި ޢައްބާސް ޝަރީފު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފާސްކޮށްފިއެވެ.
އެގޮތަށް ފާސްކުރީ މިއަދު ބޭއްވި ކޮމެޓީ އަށް އައްބާސް ހާޒިރު ކުރައްވާ، މެންބަރުން އިންޓަވިއު ކުރެއްވުމަށްފަހުއެވެ. މެންބަރުން އައްބާސްއަށް ދެއްވި މާކްސްގެ ޕަސަންޓަކީ 93.91 ޕަސެންޓެވެ. އެ މަގާމަށް އައްބާސް އައްޔަން ކުރަން ފެންނަ ކަމަށް ކޮމެޓީން ނިންމީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުންގެ ވެސް ވޯޓާއެކުއެވެ.
އައްބާސް މަގާމަށް އައްޔަން ކުރުމަށް މާދަމާ ދައުރުން ބޭރު މަޖިލިސް ޖަލްސާއެއް ބާއްވާނެއެވެ. އައްބާސްގެ ނަން މަޖިލީހަށް ހުށަހެޅުމަށް ވެސް ދައުރުން ބޭރު ޖަލްސާއެއް ބޭއްވިއެވެ.
ހ. ޔެލޯ ރޯސް، އައްބާސް ޝަރީފު މިހާރު ހުންނެވީ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒްގެ މަގާމުގައެވެ. އޭނާއަކީ ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ޕީޖީގެ މަގާމަށް އައްބާސްއާ އެކު، ހަ ބޭފުޅަކު ކުރިމަތިލެއްވިއެވެ. ނަމަވެސް ރައީސް މަޖިލީހަށް ހުށަހެޅުއްވީ އައްބާސްގެ ނަންފުޅު އެކަންޏެވެ. އައްބާސްގެ ނަން ކޮމެޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވޯޓަށް އަހާނީ އައްބާސްގެ ނަމަށް އެކަންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ