ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ މަގާމަށް ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ފެންވަރު މަގާމެއްގައި ހުންނެވި ޢައްބާސް ޝަރީފު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ދައުރުން ބޭރުގެ ޖަލްސާގައި ނެގި ވޯޓުގައި އައްބާސް ޕީޖީގެ މަގާމަށް އައްޔަން ކުރަން ނެގި ވޯޓުގައި އެ މަގާމަށް އައްބާސް އައްޔަން ކުރަން ފާސްކުރީ 85 މެންބަރުންގެ އިއްތިފާގުންނެވެ.
ހ. ޔެލޯ ރޯސް، އައްބާސް ޝަރީފު މިހާރު ހުންނެވީ ރައީސް އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒްގެ މަގާމުގައެވެ. އޭނާއަކީ ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ޕީޖީގެ މަގާމަށް އައްބާސްއާ އެކު، ހަ ބޭފުޅަކު ކުރިމަތިލެއްވިއެވެ. ނަމަވެސް ރައީސް މަޖިލީހަށް ހުށަހެޅުއްވީ އައްބާސްގެ ނަންފުޅު އެކަންޏެވެ. އައްބާސްގެ ނަން ކޮމެޓީން ދިރާސާކޮށް ނިންމައި، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން ވޯޓަށް އަހާނީ އައްބާސްގެ ނަމަށް އެކަންޏެވެ.
އިއްޔެ ބޭއްވި ޖުޑީޝަރީ ކޮމެޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އައްބާސް ވަނީ ކަންކަން ނިންމުމުގައި އެއްވެސް މީހެއްގެ މޫނަކަށް ނުބަލާނެ ކަމަށާއި، އަބަދުވެސް ބަލާނީ ހުށަހެޅިފައިވާ މައްސަލަ އަށް ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ