ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)ގެ މަގާމަށް ހ. ޔެލޯރޯޒް، ޖަސްޓިސް (ރިޓަޔާޑް) އަލްއުސްތާޒު އައްބާސް ޝަރީފު މިއަދު އައްޔަންކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް އެ ރަސްމިއްޔާތުގައި މަގާމުގެ ހުވާ އައްބާސް އަށް ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން އައްބާސްއާ ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރައްވާފައި ވަނީ ގާނޫނުއަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސިކިއުޓަރު ޖެނެރަލްގެ ގާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. އެންމެފަހުން އައްބާސް އަދާކުރައްވަމުން ގެންދެވި މަގާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓަރީ އެފެއާޒް މަގާމާއި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީގެ ގަވާނިން ބޯޑުގެ މެންބަރުކަން ހިމެނެއެވެ.
އޭގެ ކުރިން އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުގެ މަގާމާއި އަދި ގާނޫނީ ދާއިރާގެ އެކިއެކި މަގާމުތައް ހިމެނެއެވެ. އައްބާސް ވަނީ އޮސްޓްރޭލިއާގެ ޓަސްމޭނިއާ އިން ބެޗްލާ އޮފް ލޯ ހާސިލުކުރައްވާފައެވެ.
ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ އިންޓަވިއު މަރުހަލާގައި ވާހަކަދައްކަވަމުން އައްބާސް ވަނީ ކަންކަން ނިންމުމުގައި އެއްވެސް މީހެއްގެ މޫނަކަށް ނުބަލާނެ ކަމަށާއި، އަބަދުވެސް ބަލާނީ ހުށަހެޅިފައިވާ މައްސަލަ އަށް ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ޕާސަނަލީ އަރުވާ ޔަގީންކަމަކީ އެއްވެސް މީހެއްގެ މޫނަކަށް އަޅުގަނޑު ނުބަލާނަމޭ ހުށަހެޅިފައިވާ މައްސަލައަށް ބަލައިގެން ނޫނީ އަޅުގަނޑުގެ ޑިސިޝަނެއް ނުނަގާނަމޭ،" އައްބާސް ވިދާޅުވިއެވެ.
އެ މަގާމަށް އައްބާސް އައްޔަން ކުރުމަށް މަޖިލީހުން އިއްޔެ ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިފައެވެ. މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި އައްބާސް ޕީޖީގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 85 މެންބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ