ގެއެއްގެ މަތިން ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އެކަން ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ މިރޭ 19:12 ހާއިރު ކަމަށެވެ. އެ ހާދިސާ ހިނގީ މާފަންނު ޖަހާމުގުރި ގޮޅީގައި ހުރި ގެއެއްގައެވެ.
ފުލުހުން ބުނީ އެ ބިއްލޫރިގަނޑު އެތަނުގައި ހުރި ސައިކަލެއްގައި ޖެހި ތަޅައިގެން ގޮސް، އެ ސައިކަލުގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ދިޔަ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާއަށް ލިބުނު އަނިޔާއަށް ފަރުވާދޭން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ