ރާއްޖޭގެ އުތުރުގައި ރަސްމީކޮށް ބަންކަރިންގެ ހިދުމަތް ފަށައި، ސްރީލަންކާގެ ކޮލަންބޯ އިން ރާއްޖެއާ ދެމެދުގައި ދަތުރުކުރާ ބޯޓަކަށް ހިދުމަތް ދީފިއެވެ.
ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފަށައި ދެއްވީ ހއ. އަތޮޅުގެ ފަސް ދާއިރާއަކުން މަޖިލީހަށް އިންތިހާބުވެޑައިގެންފައިވާ މަޖިލިސް މެމްބަރުންނެވެ. އެއީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ އާއި އިހަވަންދޫ ދާިރާގެ މެމްބަރު އަހުމަދު ނަސީރާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ.
ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ އެއިޓް ޑިގްރީ ޗެނަލުން ދަތުރުކުރާ ބޯޓުތަކަށް އަމާޒުކޮށްގެން ފެށި ބަންކަރިން ހިދުމަތް ފެށުމުގެ ގޮތުން، އެންމެ ފުރަތަމަ ހިދުމަތް ދީފައި ވަނީ ވައިސީ ބެރިއާއަށެވެ. މިއީ އެމްއެސްއެސްގެ ބޯޓެކެވެ. މިއީ އެ އުޅަނދުގެ ޝެޑިއުލްޑް ބަންކަރިންއެކެވެ.
މީގެ ކުރިންނަމަ މި އުޅަނދުގެ ދަތުރު ޝެޑިއުލްއާއެކު ބަންކާކުރަމުން އައީ ކޮލަންބޯއަށެވެ. ސަބަބަކީ ލޯ ސަލްފާ ފިއުލް އޮއިލް ރާއްޖެއިން މީގެކުރީ ލިބެން ނުހުންނާތީއެވެ.
"ވައިސީ ބެރިޔާ" އަކީ ކޮލަމްބޯއާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މި އުޅަނދު މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުންކުރެއެވެ. އަދި މި އުޅަނދުގައި 1،100 ކޮންޓެއިނާ އުފުލުމުގެ ޤާބިލުކަން ހުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ