މާލެ ފިޔަވައި އެހެން ރަށެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު ޕްރިންޓު ކުރެވޭ ގޮތް ހަދައިފިއެވެ.
އެގޮތުން މިހާރު ގއ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓު ކުރެވިގެން ދާނެއެވެ. އެހެންކަމުން މިއީ އަތޮޅު ތެރޭގައި ފުރަތަމަ ފަހަރަށް އައިޑީކާޑު ޕްރިންޓު ކުރެވޭ ފަހަރެވެ.
މި ހިދުމަތް އެރަށުގައި ފެށުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މީގެކުރިން އައިޑީކާޑު ޕްރިންޓް ކުރެވެނީ މާލޭގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އޮފީހުންނެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ