މާލެ ސަރަހައްދުގައި ހިންގާ ސްޕާ އަދި ސެލޫންތަކަށް ހާއްސަ އޮޕަރޭޝަނެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ގާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން، ޖުމްލަ 22 ތަނެއް ބަލާ ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ 07 އަންހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ބުންޏެވެ.
އަދި ވަޒީފާދިން ފަރާތްތަކުގެ ތެރެއިން 07 ފަރާތަކަށް ނޯޓިސްދީފައިވާ ކަމަށް ވެސް ބުންޏެވެ.
"މި އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އިތުރުން ދިވެހި ފުލުހުންގެ އިންޓެލިޖެންސް ޓީމުން ވެސް ވަނީ ބައިވެރިވެފައި،" އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އެންމެ ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ ބިދޭސީން ހިންގާ ކެފޭ ހޮޓާތަކާއި ޓޭކްއަވޭ ފަދަ ތަންތަން ބަލާ ފާސް ކުރުމެވެ. އަދި އެތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ފެށިއެވެ.
އޭގެފަހުން ސައްހަ ވިސާ ނެތި ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ އެހެން ބައެއް ބިދޭސީން ވެސް ހޯދާ އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ފެށިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ