ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުޅުމާލެ އިން ބިމެއް ބައްލަވައިގެންފިއެވެ.
މި ބިން ޝުޖާއު ބައްލަވައިގަތީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ. 2،196.37 އަކަފޫޓު އެ ބިން ޝުޖާއު ބައްލަވައިގަތީ 8،785،480 ރުފިޔާއަށެވެ. ނަމަވެސް ޖީއެސްޓީއާއެކު 9،488،318 މިލިއަން ރުފިޔާ ޝުޖާއު ވަނީ އެޗްޑީސީ އަށް ދައްކާ ހަލާސް ކޮށްފައެވެ.
އަދި ބިމުގެ މިލްކުވެރިކަން ކަނޑައަޅައި، ސިވިލް ކޯޓުން އިއްޔެ ވަނީ މައްސަލަ ނިންމައިފައެވެ. މިހާރު ހުޅުމާލެ ލޮޓް 20339 ނަންބަރުގެ ވެރިފަރާތް ނުވަތަ މިލްކުވެރި ފަރާތަކީ ޝުޖާއު ކަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
ރައްޔިތުން މަޖިލިސް މެންބަރެއްގެ ގޮތުގައި ސިޔާސީ މަސައްކަތަށް ޝުޖާއު ސީދާ ނުކުންނެވީ 2014ވަނަ އަހަރުއެވެ. ޖެހިގެން އައި 19ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް އޭނާ ވާދަކުރެއްވިއެވެ. އެކަމަކު އެފަހަރު އޭނާ އަށް ކުރިމަތިވީ ނާކާމިޔާބެވެ.
ނަމަވެސް ޖެހިގެން އައި ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރުގެ މަގާމަށް އޭނާ އިންތިހާބުވިއެވެ. 20ވަނަ މަޖިލީހަށް ޝުޖާއު އިންތިހާބުވީ ވެސް އެ މަގާމުގައި ހުންނަވަނިކޮށެވެ.
ހުޅުމާލެ އިން މެންބަރު ޝުޖާއު ބިމެއް ބައްލަވައިގެންނެވިއިރު 3.1 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެއް ހެލްތު މިނިސްޓަރު ހަލީލް ވަނީ ބައްލަވައިގެންފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ