ހަސަތޭކައަށް ވުރެ ގިނ އިމާމުންނާއެކު އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ކުރިއަށް ގެންދާ އިމާމުންގެ މަހާސިންތާ ފަށައިފިއެވެ.
އެ މަހާސިންތާއަކީ ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ އިމާމުން އެއް ޕްލެޓްފޯމަކުން ބައްދަލުވެ އެކަކު އަނެކަކަށް ތައާރަފްވެ، އިމާމުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމާއި އިމާމުންނަށް ގުރްއާނާއި، ތަޖުވީދުގެ އިލްމާއި ތަފްސީރާއި، ފިގުހާއި، ހަދީސާއި، އަގީދާގެ އިލްމިގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު އިލްމީ މައުލޫމާތުތައް ހިއްސާކުރުމާއި މިސްކިތްތައް ބެލެހެއްޓުމުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެ މަސްއޫލިއްޔަތުތައް އާދަކުރުމުގައި ހުރި ގޮންޖެހުންތަކާއި އަދި އިމާމުން އިތުރަށް ތާޒާކުރުމާއި އިމާމުންގެ ކަންބޮޑުވުންތައް އަޑުއަހާއި މަޝްވަރާކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިމާމުންގެ މަހާސިންތާ 2024ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އިމާމުން ބައިވެރިވި ކަމަށެވެ. އެގޮތުން އޮންލައިންކޮށް 400 އަށްވުރެ ގިނަ އިމާމުން މަހާސިންތާގައި ބައިވެރިވެފައިވެއެވެ. ހާޒިރުވެގެން މަހާސިންތާގައި 220 އިމާމުން ބައިވެރިވެފައިވެއެވެ.
އެގޮތުން އެ މަހާސިންތާގައި ޖުމްލަ 620 އިމާމުން ބައިވެރިވެފައިވާ ކަމަށަ އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ މަހާސިންތާ ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ، އިމާމުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅުން ބަދަހިކުރައްވާ، އިމާމުންގެ ހުށައެޅުންތައް އަޑުއަހައި، މަޝްވަރާކުރުމަކީވެސް މި މަހާސިންތާގެ ބޭނުމެއް ކަމަށެވެ.
ހަމައެއާއެކު އިމާމުންގެ ދައުރު ފުޅާ ކުރުމަށް މަސައްކަތްކުރުމަކީވެސް މި މަހާސިންތާގެ މަޤްޞަދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ