ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދިއްޖެ އެވެ.
އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.
އެ މައްސަލާގައި ދައުލަތުގެ މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އަދި އެ މީހުން ތިބި ތަނެއް ނޭނގޭތީ އެ މީހުން ތިބި ތަނެއް ހޯދުމުގެ މަސައްކަތް ދައުލަތުން ދިޔައީ ކުރަމުންނެވެ.
މިއަދުގެ ބޭއްވި އަޑުއެހުމުގައި ހެކިވެރިންނާ ބެހޭ މައުލޫމާތެއް ލިބިފައިވޭތޯ އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ އެ ހެކިންނަކީ ސްރީލަންކާގެ ބައެއް ކަމަށާއި ނަމަވެސް އެ މީހުން މިވަގުތު ތިބި ތަނެއް ނޭނގޭތީ މިދިޔަ މަހުގެ ފަހުކޮޅު އިންޓަޕޯލްގެ އެހީއަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އިންޓަޕޯލް މެދުވެރިކޮށް ވެސް އެ މީހުންގެ މައުލޫމާތެއް ނުލިބޭ ކަމަށް ބުންޏެވެ.
އެ މައްސަލާގައި ދައުވާ ލިބޭ މީހާ ބަންދުގައި ހުންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަން ފާހަގަކޮށް, ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމުގެ ކުރިން, އެ ހެކިން ތިބި ތަނެއްގެ މައުލޫމާތު ކޯޓަށް އަންގަން ޖެހޭނެ ކަމަށެވެ.
އޭގެފަހުން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ގާޒީ އިހްސާން ވިދާޅުވި އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ