ދުނިޔެ އަށް މިވަގުތު ބޭނުންވަނީ ދައްކާ ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދޭނެ ނިޒާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އ.ދގައި މިރޭ ފެށިގެން ކުރިއަށްދާ "ސަމިޓް އޮފް ދަ ފިއުޗާ" ގައި ތަގްރީރު ކުރައްވަމުން ރައީސް ވިދާޅުވީ، އދ. ގައި އެތައް ކަމަކަށް މަޝްވަރާކޮށް އެތައް ވާހަކަތަކެއް ދައްކަމުން އަންނަތާ އަހަރުތަކެއްވެއްޖެ ކަމަށެވެ. އެހެންނަމަވެސް އެ ވާހަކަތަކަށް އަމަލީ ސިފަައެއް ނުޖެހޭކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިވަގުތަކީ ކަންކަމަށް އަމަލީ ސިފަ ގެންނަން ޖެހޭ ވަގުތު ކަމަށާއި އެކަން ކުރެވޭނީ ތިން ކަމަކަށް ބާރު އަޅައިގެން ކަމަށެވެ. އެއީ އެއީ ޒުވާނުން ބާރުވެރިކުރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުމުގެ އިތުރުން މާލީގޮތުން ގައުމުތައް ބާރުވެރިކޮށްގެންކަން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ އެ ތިން ކަންތަކުގައި ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ވިދާޅުވީ ޒުވާނުން ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީތައް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް ސަރުކާރުން އިންވެސްޓްކުރަމުންދާ ކަމަށެވެ.
ރައީސް ވަނީ އަންނާން އޮތް ޖީލުތަކުން ބަލާނީ ދައްކާފައި ހުރި ވާހަކަތަކަކަށް ނޫން ކަމަށާއި އަމަލީގޮތުން ކޮށްފައިވާ މަސައްކަތަށް ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ