ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރުގެ މައްސަލާގައި އޭނާގެ ގާތިލު މުހައްމަދު ސަމާހު މެރުމަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ކ. ކާށިދޫގައި ޖުލައި، 2012 ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް އާދަމް ހަލީމަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އެރަށު ސުވާސާގޭ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ސަމާހުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުން އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސަމާހު ކުށަށް އެއްބަސްވުމަށްފަހު ފަހުން އެ ކުށަށް އިންކާރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ކުށަށް އެއްބަސްވިއިރު ވެސް އާދަމް ހަލީމަށް ހަމަލާދިނީ މެރުމުގެ ނިޔަތުގައި ނޫން ކަމަށް ބުނެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ސަމާހު ކުށަށް އެއްބަސްވުމުން އޭނާއާ ދެކޮޅު އިތުރު ހެއްކެއް ފުލުހުން ހޯދާފައެއް ނުވެ އެވެ. އަދި އެ ބަޔާނަށް ފަހުން އޭނާ އިންކާރުކޮށް, ފުލުހުން އަނިޔާކުރި ކަމަށް ބުނެފައިވާއިރު އެ އެ ބަޔާނަށް ބުރަދަން ދެވޭނެ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން ސަމާހު އެއްބަސްވީ ބިރު ދައްކައިގެން ކަމަށް އޭނާ ބުނުމާއި އަދި ސަމާހު ވެފައިވާ އިއުތިރާފްގެ ބޭރުން އިތުރު ހެއްކެއް ހުރިތޯ ބެލުމަށް ފަހު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތުގެ ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
މިއޮތީވާ ޤައުމެއް... މި އަދި ފުލުހެއް މަރައިގެން ވީވަރު. ޔާރައްބަނާ.
ތުއްތުނާ