ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ކ. މާފުށި ޖަލުގައި މަރުވި މައްސަލައެއް ފުލުހުން މިއަދު ތަހުގީގު ކުރަން ފަށައިފިއެވެ.
"ހަތާވީސް"އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ކުޑަކުއްޖަކަށް ޖިންސީ ހާނިކައެއް ކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި އުމުރުން 62 އަހަރުގެ ގ. އެއްތެޔޮމާގޭ ޢަބްދުލް ޣަނީ އިސްމާޢީލެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަރުވީ އަމިއްލައަށެވެ. ޖަލު ބަލަހައްޓާ ކަރެކްޝަނަލް ސާވިސްއިން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
"މިއަދު ހެނދުނު 6:52 ގައި ޢަބްދުލް ޣަނީ އިސްމާޢީލްގެ ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުމުން، ވަގުތުން އޭނާ ވަނީ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ޑޮކްޓަރު ވަނީ 7:21 ގައި ޢަބްދުލް ޣަނީ އިސްމާޢީލް ނިޔާވެފައިވާކަމަށް ކަނޑައަޅާފައެވެ،" ކަރެކްޝަނަލް ސާވިސްއިން ބުންޏެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި