ގާނޫނާ ހިލާފަށް ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ގާނޫނީ އެހީތެރިކަން ދޭން ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ ސަރުކާރުގެ ކުންފުނިތަކާއި، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުންނަށް ސިޔާސީ ގޮތުން ބިރުދައްކައި، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާތަކުން ވަކިކުރަމުންދާތީ އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގައި އެ މުވައްޒަފުންނަށް އެހީތެރިވުމަށް އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، ސިޔާސީ ގޮތުން ވަޒީފާއިން ވަކިކުރެވޭ ނުވަތަ ސިޔާސީ ސަބަބުތަކަށްޓަކައި ފިޔަވަޅު އެޅޭ މުވައްްޒަފުންގެ ތެރެއިން އެ ޕާޓީގެ ގާނޫނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކުން [email protected] މި އީމެއިލަށް މެއިލް ކުރުން އެދޭ ކަމަށެވެ. ނޫން ނަމަ 7341637 ނަންބަރަށް ވައިބާ ކުރުމަށް ވެސް ވަނީ އެދިފައެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމްޑީޕީން ވަނީ ގާނޫނީ ހިލާފަށް ވަޒީފާތަކުން ވަކިކުރާ ފާރްތަތަކަށް ގާނޫނީ އެހީތެރިކަން ދީފައެވެ.
ކުޑަ ހައިމާކަކުން ކުރެންދޫ ފަޅު ފުންކުރާތީ ޔާމީން ފާޑުވިދާޅުވެއްޖެ
އަންނަ އަހަރުގެ ބަޖެޓުން ބާކީ ހުރި ވައުދުތައް ފުއްދޭނެ: ރައީސް
މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ރައީސަކަށް ފަރުޝަތު
ވެލާނާ އެއާޕޯޓުން ޑޮލަރުތައް ފޭރުނު މައްސަލާގައި ބަޔަކު ހައްޔަރަށް
ރިޒާ އިސްތިއުފާ ދެއްވުމުން، ހުސްނީ ޖޭއެސްސީގެ މެމްބަރުކަމަށް
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި