ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތް ކުރުމަށް ނިންމާފައިވާ ރެސިޑެންޝަލް ބިލްޑިންގ، "ނިއަމް ރެސިޑެންސް" ކުރެހުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނީ އެ އެއްބަސްވުމުގެ މަޤްޞަދަކީ ހައްޖު ކޯޕަރޭޝަނުގެ "ނިޢަމް ރެސިޑެންސް" މަޝްރޫއުއަށް ބޭނުންވާ އާކިޓެކްޗަރަލް، އިންޖިނިއަރިންގ އަދި ކުރެހުންތައް ފޯރުކޮށްދިނުމާއި، ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
އެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލެވެ. ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ.
ނިޢަމް ރެސިޑެންސްގެ މަޝްރޫއާ ބެހޭ ތަފްސީލުތަކެއް ހައްޖު ކޯޕަރޭޝަނުން އަދި އާންމެއް ނުކުރެއެވެ.
ޙައްޖު ކޯޕަރޭޝަންގެ އާ އޮފީސް އިމާރާތުގެ ބިންގާ އެޅި ދުވަހު ހުޅުމާލޭގައި މީޑިއާއާ ވާހަކަ ދައްކަވަމުން، އެ ކޯޕަރޭޝަންގެ އެމްޑީ ޝަކީލު ވިދާޅުވީ ހުޅުމާލޭގައި ލަގްޒަރީ ރެސިޑެންޝަން ބިލްޑިންއެއް އެޅުމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށެވެ.
ހައްޖު ކޯޕަރޭޝަންގެ އަމާޒަކީ ރިއަލްއެސްޓޭޓްގެ ވިޔަފާރިއަށް ވަދެ ކުންފުނީގެ ފައިދާ އިތުރުކޮށް، ކުންފުނި ކޮޅަށް ޖެހުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ޙައްޖު ކޯޕަރޭޝަންގެ އާ އޮފީސް ހުޅުމާލޭގައި އިމާރާތް ކުރަނީ އަމީން އެވެނިއު ކުރިމަތިން އޮންނަ، 5،000 އަކަފޫޓުގެ ބިމުގައެވެ. އެ އިމާރާތް އަޅަނީ ނުވަ ބުރިއަށެވެ. އެ މަޝްރޫއު 79 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ މެޑްޓެކްއާއެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި