އަހަރުގެ ފުރަތަމަ 8މަސް ތެރޭގައި އެކި ސްކޭމުތަކުން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކި ސްކޭމުތަކުން ގެއްލިފައިވާ ފައިސާގެ ތެރެއިން އަހަރުގެ ފުރަތަމަ 8މަސް ދުވަހުގެ ތެރޭގައި 2.2 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.
ޝިފާން މިފަދައިން ވިދާޅުވި ނަމަވެސް މިއީ މިއަހަރުގެ ތެރޭގައި ސްކޭމް ކޮށްގެން ގެއްލުނު ފައިސާގެ ތެރެއިން ވަރަށް މަދު އަދަދެކެވެ. މިދިޔަ އަހަރުގެ މިހާތަނަށްވުރެ މިއަހަރުގެ މިހާތަނަށް ސްކޭމް ކޮށްގެން ހުށަހެޅޭ މައްސަލަތައް 200 ޕަސެންޓު ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރުތެރޭ ޖުމްލަ 1658 ސްކޭމްގެ މައްސަލަތައް ރިޕޯޓްކޮށްފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ 28.4 މިލިއަނެއްހާ ރުފިޔާއެވެ.
އެހެންނަމަވެސް މިއަހަރުގެ މެއި މަހާ ހަމައަށް އައިއިރު 877 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. އެ މައްސަލަތަކުން ޖުމްލަ 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ސްކޭމަރުން ވަނީ ފޭރިގަނެފައެވެ. މި ރޭޓުން ދާ ކަމަށްވާ ނަމަ ފުލުހުން އަންދާޒާ ކުރަނީ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ދާއިރު 49 މިލިއަން ރުފިޔާ ހަމައެކަނި ސްކޭމް ކޮށްގެން ފޭރިގަންނާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ