ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް އޭނާގެ ބައްޕަ ސިފައިންގެ އިމާރާތެއްގައި ބެހެއްޓި ކަމަށް ބުނެ ޝިޔާމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުން އަނެއްކާވެސް ފަސްކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު އަދާ ކުރެއްވި ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ވިލިމާލޭގައި ހުންނަ ސިފައިންގެ އިމާރާތެއްގައި އޭނާގެ ބައްޕަ އިބްރާހިމް ޝާކިރު ބަހައްޓައި އަދި ބައްޕަގެ ކަންކަން ބަލަހައްޓަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކު ބެހެއްޓި ކަމަށް ބުނެ އެވެ.
ދައުލަތުން ޝިޔާމްގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.
އެ މައްސަލާގެ ހުކުމް އިއްވުމަށް މިއަދު ހެނދުނު 11:30 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފައިވާއިރު, މީގެ ކުރިން ވެސް އެ މައްސަލާގެ ހުކުމް އިއްވަން ތާވަލް ކުރުމަށްފަހު ވަނީ ކެންސަލްކޮށްފަ އެވެ.
ދައުލަތުން ބުނާގޮތުން ސިފައިންގެ އިމާރާތުގައި އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން އޭނާ ބަހައްޓާފައިވެ އެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި