ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަގާމުން އިސްތިއުފާ ދެއްވުމުން، ކެބިނެޓަށް ބަދަލުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގެންނަވައިފިއެވެ.
ކެބިނެޓަށް ގެންނެވި ބަދަލާ އެކު، މަގާމުގެ ހުވާ އަލުން ތިން ވަޒީރަކު މިއަދު ކުރައްވާފައިވެއެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުން މަގާމުގެ ހުވާ ކުރެއްވީ ރައީސްގެ ކުރިމަތީގައެވެ. ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
ކެބިނެޓަށް ގެންނެވި ބަދަލު:
- ފޮރިން މިނިސްޓަރަކަށް މޫސާ ޒަމީރު
- ފޮރިން މިނިސްޓަރަކަށް އަބްދުﷲ ހަލީލު
- ހެލްތު މިނިސްޓަރަކަށް އަބްދުﷲ ނާޒިމް
ޒަމީރު މީގެ ކުރިން ހުންނެވި ފޮރިން މިނިސްޓަރަކަށެވެ. އަދި ހަލީލު ހުންނެވީ ހެލްތު މިނިސްޓަރަކަށެވެ. ހެލްތު މިނިސްޓަރަކަށް އަލުން އައްޔަން ކުރެއްވި ނާޒިމް ކުރިން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ. ނާޒިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ކެބިނެޓަށް ބަދަލު ގެނެސްފައި މި ވަނީ ސަރުކާރަށް 10 މަހާއި 13 ދުވަސް ވީ ފަހުންނެވެ.
ރައީސް އޮފީހުން ބުނީ ޑރ. ޝަފީގު މަގާމުން ވަކިނުކުރައްވާ ކަމަށާއި އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ