ފޮރިން މިނިސްޓަރު ޑރ. ހަލީލް އިންޑިއާ އިން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު މުނޫމަހާވަރާ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުކުރެއްވުން އޮތީ މިއަދު ފޮރިން މިނިސްޓްރީގައި ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން ހިޔާލު ބަދަލުކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ސަރުކާރު ފެށިއިރު ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ޑރ. ހަލީލް ފޮރިން މިނިސްޓަރުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.
ފޮރިން މިނިސްޓަރު ހަލީލް އިންޑިއާގެ ސަފީރާ ބައްދަލުކުރެއްވިއިރު ރާއްޖޭގެ ބަޖެޓު ސަޕޯޓަށް އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް ދިން 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް އެގައުމުން އިތުރު އެއް އަހަރަށް ފަސްކޮށްދީފައި ވަނިކޮށް އަނެއްކާވެސް އިތުރު 50 މިލިއަން ޑޮލަރު އެއް އަހަރު ދުވަހަށް އެގައުމުން ވަނީ ފަސް ކޮށްދީފައެވެ.
މީގެއިތުރުން ވަރަށް އަވަހަށް އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެގައުމަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ވަނީ ދާދިފަހުން ބުނެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ