ފަސް އަހަރު ތެރޭގައި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފެއްޓެވި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން މިހާތަނަށް 36,000 ވުރެ ގިނަ ގަސް އިންދައިފިއެވެ.
ސްޓެލްކޯއިން ބުނީ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، އެ ކުންފުނިން ފަސް ލައްކަ ގަސް އިންދުމަށް އަމާޒު ހިފާފައިވާ ކަމަށާއި އެގޮތުން މި އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ސްޓެލްކޯއިން ޖުމްލަ 36،825 ގަސް އިންދާފައިވާ ކަމަށެވެ. އެ ގަސްތައް އިންދާފައި ވަނީ ސްޓެލްކޯއިން ޚިދުމަތްދޭ ރަށް ރަށުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން އިންދި ގަސްތަކުގެ ތަފްސީލު ހިމެނޭ އިންފޮގްރަފިކް ޕައިޗާޓެއް "އެކްސް" ރިޕޯސްޓް ކުރައްވައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މަހަކު 9،200 ގަސް އެ ކުންފުނިން އިންދަމުންދާ ކަމަށާއި އެ މިންވަރަށް ކޮންމެ މަހަކު ގަސް އިންދުމަކީ ކުންފުނީގެ އަމާޒު ކަމަށެވެ.
ފަހުމީ ވިދާޅުވީ ގަސް އިންދުމުގެ އެ ހަރަކާތާ ގުޅިގެން، ކުރިއަށް އޮތް ޖީލުތަކަށް ފައިދާ ހުރި އަދި ތިމާވެށްޓަށް ދިގުދެމިގެންދާ ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށެވެ.
ފަސް އަހަރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ 2023 ވަނަ އަހަރު ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ޤައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ