ދެހާސް އެގާރަވަނަ އަހަރު ފަހުން އިންޑިއާގެ އިސްވެރިޔަކު ޕާކިސްތާނަށް މިމަހު އެގައުމަށް ވަޑައިގަންނަވާނެ ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު އެސް ޖައިޝަންކަރު މިމަހު ޕާކިސްތާނުގައި ބާއްވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެކްސްޓާނަލް އެފެއާޒު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.
މިއީ ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭ އިންޑިއާގެ އިސް ވަޒީރަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ނިއުކްލިއާ ހަތިޔާރު ލިބިފައިވާ މި ދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ ނުތަނަވަސްކަން އުފެދިފައިވާއިރު، 1947 ވަނަ އަހަރު މިނިވަން ގައުމަކަށް ވީ ފަހުން ދެގައުމުގެ މެދުގައި ވަނީ ތިން ހަނގުރާމައެއް ކޮށްފައެވެ.
އެސްސީއޯ އަކީ މެދުއޭޝިއާގެ ސަލާމަތީ އަދި އިގްތިސާދީ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އުފައްދާފައިވާ ގައުމުތަކުގެ ސިޔާސީ ޔޫނިއަނެކެވެ. މި ޖަމިއްޔާއަކީ 2001 ވަނަ އަހަރު ޗައިނާ، ރަޝިއާ އަދި މެދުއޭޝިއާގެ ހަތަރު ގައުމަކުން އުފެއްދި ޖަމިއްޔާއެކެވެ. އިންޑިއާ އަދި ޕާކިސްތާނުން އެ ޖަމިއްޔާއާ ގުޅުނީ 2017ވަނަ އަހަރުއެވެ.
މިދިޔަ އަހަރުގެ ސަމިޓު ބާއްވާފައި ވަނީ އިންޑިއާގައެވެ. ޕާކިސްތާނުގައި މިއަހަރުގެ ސަމިޓު ބާއްވާއިރު ސަމިޓު ކުރިޔަށް ދާނީ އޮކްޓޫބަރު 15 އިން 16 އަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ