ބޮސްޓަން އާއި ލޮސް އެންޖެލިސްގައި އިންޑިއާގެ އާ ދެ ކޮންސިއުލޭޓެއް ހުޅުވަން ނިންމަވާފައިވާކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރައްވައިފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މިއީ މި ނުފޫޒުގަދަ ގައުމުތަކުގެ ސިޓީތަކުގައި އިންޑިއަން އެމެރިކަން ކޮމިއުނިޓީގެ ޒަމާންވީ ޑިމާންޑްތައް ފުއްދައިދޭ ފިޔަވަޅެއް ކަމަށެވެ. ބޮސްޓަން އަކީ ތައުލީމާއި ފާމަސޫޓިކަލްސްގެ މަޝްހޫރު ހަބަކަށް ވާއިރު، ހޮލީވުޑް އޮންނަ ލޮސް އެންޖެލިސްގައި ކުރިއަށް އޮތް ހޫނު މޫސުމުގެ އޮލިމްޕިކްސް ބާއްވަން ވެސް ވަނީ ނިންމައިފި އެވެ.
މި ކޮންސިއުލޭޓްތައް އިތުރުކުރުމާއެކު އިންޑިއާގެ އަމާޒަކީ އެގައުމުގެ ޑައިސްޕޯރާއަށް ރަނގަޅު ކޮންސިއުލާ ހިދުމަތެއް ފޯރުކޮށްދީ، ވިޔަފާރީގެ ދާއިރާ އާއި ތަޢުލީމާއި ސަގާފީ ގުޅުންތައް ބަދަހިކުމެވެ. އެމެރިކާއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ލޮސް އެންޖެލިސްގެ ކުރީގެ މޭޔަރެއް ކަމަށްވާ އެރިކް ގާސެޓީ ވަނީ މިކަމަށް މަރުހަބާ ވިދާޅުވެފައެވެ.
އިންޑިއާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ބޮޑު ނެޓްވޯކެއް ބަލަހައްޓަމުން ގެންދަނީ އެގައުމުގެ ހާރިޖީ ގުޅުންތައް ބެލެހެއްޓުމަށާއި، އިންޑިއާ ޑައިސްޕޯރާއަށް ޚިދުމަތްފޯރުކޮށްދިނުމަށެވެ. މި މިޝަންތަކުގެ ތެރޭގައި އެމްބަސީތަކާއި ހައިކޮމިޝަންތަކާއި ކޮންސިއުލޭޓްތަކާއި ދާއިމީ މިޝަންތައް ހިމެނެއެވެ.
އިންޑިއާގެ އެމްބަސީތައް ދުނިޔޭގެ 106 ގައުމެއްގައި ވަނީ ގާއިމް ކޮށްފައެވެ. 36 ގައުމެއްގައި ހައިކޮމިޝަންތައް ގާއިމް ކޮށްފައިވާއިރު ޔުނައިޓެޑް ނޭޝަންސް ނުވަތަ އދ ގައި އެގައުމުގެ ދާއިމީ ތިން މިޝަންއެއް ވަނީ ގާއިމްކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ