ރިސޯޓެއްގައި ޝެފަކު މަރާލި މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިންތައް ހޯދަން ކުރި މަސައްކަތުން އެ މީހުން ތިބި ތަނެއް ހޯދިފައި ނުވާތީ ހެކިން ހޯދުމުގެ މަސައްކަތް ކްރިމިނަލް ކޯޓުން ހުއްޓާލައިފިއެވެ.
އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރުގައި ތިބުމުން އެ މީހުން ތިބި ތަނެއް ނޭނގޭތީ އިންޓަޕޯލް މެދުވެރިކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ދައުލަތުން ކުރިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ހެކިން ހޯދުމަށް އެކަށީގެންވާ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެހެންވެ, އިތުރު މަސައްކަތެއް ކޯޓުން އެކަމުގައި ނުކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އެ މައްސަލާގައި ހާޒިރު ކުރެވެން ތިބި ހެކިންގެ ހެކިބަސް ނެގުމަށް ފަހު ހެކިބަހާ ބެހޭގޮތުން ވާހަކަ ދައްކަން އަންނަ މަހުގެ ކުރީކޮޅު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެ މައްސަލަ ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ވަނީ ޑޮކްޓަރެއްގެ ހެކިބަސް ނަގައިފަ އެވެ. އޭނާގެ ހެކިބަސް ނެގީ މަރުވި މީހާއާ ބެހޭގޮތުން ޑޮކްޓަރު ތައްޔާރު ކޮށްފައިވާ ރިޕޯޓާ ބެހޭގޮތުން ހަބީރެއްގެ ގޮތުންނެވެ. އަދި އެ ހާދިސާ ހިނގި ތަނުގައި ތިބި މީހުންގެ ބަޔާން ނެގި ފުލުހެއްގެ ހެކިބަސް ވެސް މިއަދު ނެގި އެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި