އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އެންމެންނަށް އެކަމުގެ ފޮނިމީރުކަން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ނިއު ދިއްލީގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތް 3 ދުވަހަކީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ފަހިވެގެންދާނެ ކަމަށެވެ.
"ކުރިއަށް އޮތް 3 ދުވަހަކީ ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތަކެއް ދެ ގައުމުގެ ގުޅުމުގެ ތެރެއިން ފަހިވެގެންދާނެ ދުވަސްތަކަކަށް ވެގެންދާނެ. އިރާދަ ކުރެއްވިއްޔާ މީގެ ފުރިހަމަ ނަތީޖާ، ފޮނިމީރުކަން އަޅުގަނޑުމެން އެންމެންނަށް ލިބިގެންދާނެ ދުވަސްތަކަކަށް ވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނިއު ދިއްލީއަކީ ރާއްޖެ އާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން ރަނގަޅު ކުރާނެ މުހިއްމު ހަބަކަށް ހަދަން ބޭނުންވާ ކަމަށެވެ. ޓޫރިޒަމްގެ ދާއިރާ އާއި ދަތުރުފުރުގެ ދާއިރާއިން ގުޅުން ބަދަހިކުރާނެ ތަނަކަށް އެތަން ހަދަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވި އެ ބައްދަލު ކުރެއްވުމުގައި ނިއުދިއްލީގައި މަސައްކަތްކުރާ އަދި އެކި ކަންކަމުގައި އެ ސިޓީއަށް ގޮސް ތިބި ދިވެހިންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވިއެވެ. އަދި އެފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް ރައީސް އަޑުއެއްސެވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ