އިންޑިއާގެ ލޯނު އެހީގައި ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 700 ހައުސިން ޔުނިޓު އެގައުމުން މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 227 މިލިއަން ޑޮލަރުގެ އެހީގައި ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. އެއީ ޖުމްލަ 32 ޓަވަރެވެ.
އެ މަސައްކަތުގެ ދަށުން 700 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމާ ދިވެހި ސަރުކާރާ ހަވާލު ކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އަޅާ އެ ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތް ކުރެވިގެން ދާނެއެވެ.
އެ މަޝްރޫގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލު ކުރެވިފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ.
ކުރީގެ ސަރުކާރުން އިމާރާތްކުރި ފްލެޓްތައް ލިބޭނެ ކަމަށް ކަނޑައަޅައި، ގެޒެޓްކުރި މީހުން ލިސްޓު ބާތިލުކޮށް، އާ ލިސްޓެއް އެކުލަވާލުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފަށައިފައެވެ. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވި ގޮތުގައި 4،000 ފްލެޓް އިމާރާތްކޮށް ނިމޭނީ އަންނަ އަހަރުގެ އޮގަސްޓު މަހުގައެވެ.
ސަރުކާރުން ކުރިން ބުނެފައި ވަނީ އޮކްޓޫބަރު މަހުގެ ތެރޭގައި ފްލެޓުތަކުގެ ދާއިމީ ލިސްޓު އާންމު ކުރައްވާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ