އިންޑިއާގެ ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ދަށުން ރާއްޖޭގައި "ރުޕޭ" ކާޑު ތައާރަފްކޮށްފިއެވެ.
ރުޕޭ ކާޑުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު ބުނީ އެ ހިދުމަތަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކޮށް ވިޔަފާރީގެ މުއާމަލާތްތަކުގައި ޒަމާނީ ޓެކްނޮލަޖީ ބޭނުން ކުރުމަށާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އިންޑިއާގެ ފަތުރުވެރިންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އެހެންކަމުން ރުޕޭ ކާޑު ބޭނުންކޮށްގެން އިންޑިއާގެ ފަތުރުވެރިންނަށް ފަސޭހައިން އެކި މުއާމަލާތްތައް ލިބިގެން ދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ދެގައުމަކީ ވެސް ވިޔަފާރީގެ މުއާމަލާތްތައް ކުރާ ދެގައުމުކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރީގެ މުއާމަލާތްތައް ވެސް ފަސޭހަކަމާއެކު ދެގައުމަށް ދެން ކުރެވިގެން ދާނެ ކަމަށެވެ.
ރުޕޭ ކާޑު ތައާރަފުކުރުމާ އެކު ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ވެސް ރުޕޭ ކާޑު ބޭނުންކުރެވޭނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ