ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ މަޝްވަރާތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު، މީޑިއާތަކަށް ދެއްވި ބަޔާނުގައި މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ޒަމާނުއްސުރެ އޮތް ގުޅުމެއް ކަމަށެވެ. ރާއްޖެ އަކީ އަބަދުވެސް އިންޑިއާ އަށް މުހިއްމު ގައުމެއް ކަމަށާއި އަދި ރާއްޖޭން އެހީއަކަށް އެދިއްޖެ ނަމަ އެންމެ ފުރަތަމަ އިޖާބަ ދޭނެ ގައުމަކަށް އަބަދުވެސް އިންޑިއާ ވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
"އިންޑިއާއަކީ އަބަދުވެސް ވާނީ އަވަށްޓެރިއެއްގެ މަސްއޫލިއްޔަތު އަދާކޮށްފައި. މިއަދު އަޅުގަނޑުމެން މިވަނީ، އަޅުގަނޑުމެންގެ ދެފަރާތުގެ އެއްބާރުލުމަށް ސްޓްރެޓެޖިކް މިސްރާބެއް ދިނުމަށްޓަކައި، ފުރިހަމަ އިގްތިސޯދީ އަދި ކަނޑުގެ ސަލާމަތީ ޕާޓްނާޝިޕެއްގެ ތަސައްވުރު ނަގާފައި،" މޯދީ ވިދާޅުވިއެވެ.
އިންޑިއާއާއެކު އެފްޓީއޭއެއްގެ މަޝްވަރާތައް ފެށުމަށް ނިންމިއިރު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމް ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ އަހަރުން ފެށިގެން އަމަލު ކުރަން ފެށުމަށް ވަނީ ނިންމައިފައެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ