އަންނަ އަހަރު ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށްޓަކައި ރާއްޖެއަށް ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތު، ބޮޑުވަޒީރު މޯދީ ގަބޫލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅާ ގުޅޭގޮތުން މީޑިއާ އަށް ބަޔާނެއް ދެއްވަމުން ވިދާޅުވީ އަންނަ އަހަރަކީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށެވެ. އެހެންކަމުން އެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ، އަންނަ އަހަރު ދިވެހިރާއްޖެ އަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދައުވަތު އަރުވާފައެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓްރީއާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ ރައީސް މުއިއްޒު ދެއްވި ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އިންޑިއާ އަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނު އެގައުމަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.
ރާއްޖެ ވަޑައިގަތުމަށް ބޮޑުވަޒީރު މޯދީއަށް ރައީސް މުއިއްޒު ދައުވަތު ދެއްވިއިރު މޯދީ ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދެ ފަހަރަކު ރާއްޖެ ވަޑައިގެންފައެވެ. ފުރަތަމަ ވަޑައިގަތީ ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އަދި އެއަށްފަހު ރަސްމީ ދަތުރުފުޅެއްގައި ވެސް މޯދީ ރާއްޖެ ވަޑައިގަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ