ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސުތައް ހޯދާ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މުއިއްޒު މިގޮތަށް އެދިވަޑައިގަތީ އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
އިންޑިއާ އަށް ވަޑައިގެން އެމަނިކުފާނު ހުންނަވާ ހޮޓަލުގައި ބޭއްވި އެ ފޯރަމްގައި ރައީސް މުއިއްޒު ވާހަކަދައްކަވަމުން ވަނީ ރާއްޖޭން މިހާރު މިސްރާބު ޖަހާފައި ވަނީ ޑިޖިޓަލް އިކޮނޮމީއެއް ގާއިމް ކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެކަމުގައި އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް އެފަދައިން ވިދާޅުވީ އިންޑިއާ އަކީ ޑިޖިޓަލް އިކޮނޮމީގެ އެންމެ ކުރޯ ސަފުގައި އޮތް ގައުމަކަށް ވާތީއެވެ.
ރާއްޖޭން ވެސް މިއަދު ބޭނުން ވަނީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ހިންގުމަށްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭން މިހާރު އަމަލު ކުރަމުން އަންނަ ފޮރިން އިންވެސްޓްމަންޓްގެ އައު ގާނޫނުގައި އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ހުންނާނެކަން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ