ދޮގާއި ޙީލާތްތެރިކަމުގެ މަތީގައި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިނުކުރެވޭނެކަން މިހާރުގެ ސަރުކާރަށް މިހާރު އިހްސާސްވަމުންދާތަން ފެންނަ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ފެންނަ މަންޒަރަކީ ސަރުކާރުގައި ތަޖުރިބާއެއް ނެތްކަމާއި އަދި ކަންކުރަންވީ ގޮތެއް ވެސް ނޭނގުން ކަމަށެވެ.
ރާއްޖެ އާއި އިންޑިއާގެ ޒަމާންވީ ގުޅުން އަނެއްކާވެސް ބަދަހިވެހެންދާތަން ފެނުމަކީ އުފަލެއް ކަމަށް ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާ ސަރުކާރާ އެމްޑީޕީ ވެރިކަމުގައި އޮތް އިރު ދިވެހި ސަރުކާރާ މަޝްވަރާކުރެވި އަދި ކުރިއަށް ގެންދެވުނު ބައެއް މަސައްކަތްތައް ކުރިއަށްގެންދަން ނިންމުމުން އެކަމަށް މަރުޙަބާ ކިޔާ ކަމަށެވެ.
އެގޮތުން އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ތަޢާރަފްކުރުމާއި، ހަނިމާދޫ އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް ނިންމުން ފާހަގަކުރުމާއި، އޭސީސީ އާއި، ޖޭއެސްސީ އަދި ކުޅިވަރުގެ ދާއިރާގެ އެމްއޯޔޫތައް އާކުރުން ޝާހިދު ފާހަގަކުރެއްވިއެވެ.
މި އެގްރިމެންޓްތަކަކީ އެމްޑީޕީގެ ސަރުކާރުގައި، ޝާހިދުގެ ޚާރިޖީ ވަޒީރުކަމުގައި އިންޑިއާއެކު ކުރެވުނު މަސައްކަތުން ނިމިފައި ހުރި މަސައްކަތްތަކެވެ.
ހަމައެއާއެކު މިހާރުގެ ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހުޅުވުވުމާއި ދެކޮޅަށް އަޑުއުފުލިނަމަވެސް، އެކަން ކުރުމަށް މިދަތުރުގައި އެއްބަސްވުމުން އެކަމަށްވެސް ޝާހިދު މަރުޙަބާ ވިދާޅުވިއެވެ. އަދި އިދިކޮޅުގައި ތިބެ އުތުރު ތިލަފަޅު ޕްރޮޖެކްޓަކީ ނުރައްކަލެއްކަމަށް ބުނިނަމަވެސް މިއަދު ވެރިކަމުގައި ތިބެ، އުތުރު ތިލަފަޅަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް މުހިއްމު ޕްރޮޖެކްޓެއްކަމަށް އެބޭފުޅުން ޤަބޫލުކުރެއްވިމަކީވެސް އުފާކުރައްވާކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ