ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ، ފޭސްބުކް މެދުވެރިކޮށް އިންޒާރު ދިން ކަމަށް ބުނާ މީހާ މިރޭ ރާއްޖެ އައިތަނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ގ. ސަންސަންގެއާގެ، އަބްދުﷲ މިއާދުއެވެ. ފުލުހުން ވަނީ އޭނާގެ ވަނަވަރާއި ފޮޓޯ ވެސް މިރޭ އާންމުކޮށްފައެވެ.
އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އޭނާ ބޭނުންކުރާ ކަމަށް ބެލެވޭ ފޭސްބުކް އެކައުންޓުތަކުން ރައީސް މުއިއްޒަށާއި ދައުލަތުގެ އެކި ފެންވަރުގެ ވެރިންނަށާއި އެހެން މީހުންނަށް ނިސްބަތްކޮށް، މަރާލާނެ ކަމަށާއި ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުދީފައިވާތީއެވެ.
މީގެ އިތުރުން ހަޑިހުރުތު ބަހުން ފޭސްބުކްގައި އެކި ޕޯސްޓް ކުރަމުން ގެންދިއުމާ އެކު، އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ދޭ ގޮތަށް ޕޯސްޓް ކުރަމުން ގެންދާ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ހުރެފައި މިރޭ ވަގުތެއްގައި ރާއްޖެ އައުމުން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ