ސަރުކާރު ހިންގާ ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު، ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު، އެޗްޑީސީއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފިއެވެ.
މެމްބަރު ހުސައިން އެޗްޑީސީއަށް ފާޑުވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގެ މަގުތަކުގައި މަގު ބައްތި ދިއްލަން ކިހާ ދުވަހެއް ނަގާނެތޯ ސުވާލު އުފައްދަވައި، އޭނާއަށް މީހަކު ކުރި މެސެޖެއްގެ ސްކްރީންޝޮޓް ސޯޝަލް މީޑިއާއަށް ހިއްސާ ކުރައްވަމުންނެވެ.
އެ މެސެޖުގައި ބުނެފައި ވަނީ ރޭގަނޑު މަގުތައް އަނދިރި ކަމަށާއި އެގޮތަށް އަނދިރިކޮށް އޮތުމުން، މަގުމަތިން ހިނގާފައިދާ މީހުން ނުފެންނަ ކަމަށެވެ. އޭގެ ސަބަބުން އެކްސިޑެންޓް ހިނގުން ވަރަށް ގާތް ކަމަށާއި މަގުބައްތި ޖެހުން ހައްލު ވާނީ ހިނގާފައިދާ މީހެއްގެ ގައިގައި ވެހިކަލަކުން ޖެހުނީމަތޯ ސުވާލުކޮށްފައިވެއެވެ.
އެ މެސެޖުގެ ސްކްރީންޝޮޓް "އެކްސް"ގައި ހިއްސާކުރައްވަމުން ހުސައިން ވިދާޅުވީ އެޗްޑީސީއަކީ މަތިބަރު ބޮޑު ކުންފުންޏެއް ކަމަށެވެ. ސިޔާސީ ގޮތުން "މަތިބަރު" ބޭނުންކުރަނީ އެތަނެއްގައި ހިންގަން ތިބޭ މީހުންގެ އަދަދު އިންތިހާއަށް ގިނަވުމާއި އެ މީހުންނަށް ކުރާ ހަރަދުތައް އިތުރުވުމާ ގުޅިގެންނެވެ.
ހުސައިން ދެން ކުރެއްވީ ސުވާލެކެވެ. އޭނާ ވިދާޅުވީ އެޗްޑީސީން ރައްޔިތުންނަށް ދެނީ ކޮން ހިދުމަތެއް ހެއްޔެވެ؟
ޖަވާބުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު "އެކްސް"ގައި ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށާއި އެޗްޑީސީގެ ސްޓާފުން ވަރުބަލިކަމެއް ނެތި ކުރަމުން އަންނަ މަސައްކަތްތައް ޝުކުރުއަދާ ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ ވިނަރެސް އޭރިއާގެ މަގުބައްތިތައް ދިއްލުމަށް ބޭނުންވާ ތަކެތި ހޯދުމަށް އޯޑަރުކޮށްފައިވާ ކަމާށާއި މަގު ބައްތި ދިއްލުމަށް ބޭނުންވާ ކަރަންޓް ވިއުގަ މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ނިމިފައިވާ ކަމަށެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
ފަޒުލް ދޮގުހަދަނީ، ނުވަމަސް ފާއިތުވެއްޖެ އޯޑަރުދީފީމޭ އަދިވެސް ކިޔަނީ
ޒުލް