އަވައްޓެރި އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެގައުމުން އެއްބަސްވުންތަކެއް އެކުލަވާލި ނަމަވެސް އިސްލާމްދީނާއި ދިވެހި ގައުމިއްޔަތަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިއްރު އެތައް އެއްބަސްވުންތަކެއް އިންޑިއާއާއެކު އެކުލަވާލި ކަމަށް މިހާރު ސަރުކާރުގެ އިސްވެރިން ތުހުމަތު ކުރެއްވިއެވެ. އަދި އިންޑިއާ އަށާއި ކުރީގެ ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް އެކަމުގައި ފާޑު ވިދާޅުވިއެވެ.
ނަމަވެސް މިފަހަރު އިންޑިއާ އަށް ވަޑައިގެން ސޮއި ކުރި އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ" އަކީ ގައުމުގެ ސަލާމަތަށް ނުރައްކާ ނުވާ އެއްބަސްވުމަކީތޯ ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
ބެންގަލޫރަށް ވަޑައިގެން އެ ތަނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅުވައި ގައުމުގެ މިނިވަންކަމަށާއި އަދި އެހެން ގައުމެއްގެ ބާރު ރާއްޖެއަށް އެއްކޮށް ހިނގާނެ ފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރައްވާ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
"ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ" އެއްބަސްވުމުގައި ޑިފެންސްގެ ދާއިރާ އިން ލިޔެފައި ހުރި ކޮންމެ ޖުމްލައަކީ އެމްއެެންޑީއެފުން ބެލުމަށްފަހު ޑިފެންސް މިނިސްޓްރީން އެޕްރޫވް ކޮށްފައި އޮތް އެއްޗެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެން ބައެއްގެ އަތްމައްޗަށް ކަންކަން ދޫކޮށްލައިގެން އަޅުގަނޑުމެން ކަންކަން ކުރާ ވާހަކައެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ ދެފުށް ފެންނަ ގޮތަށް ހިންގާ ސަރުކާރެއް ކަމަށެވެ. އަދި ވިޝަން ޑޮކިއުމަންޓަކީ މިހާރު ރައީސް އޮފީހުން އާއްމު ކޮށްފައިވާ އެއްޗެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރައްޔިތުން އަމިއްލަ އަށް ކަންކަމުގެ ހަގީގަތް ބެލުމަށް އެދިވަޑައިގެންފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ